އެއްފައި މައްޗަށް އަނެއްފައި ލައިގެން އިށީނދެ އިނުން - ގިނަ އަންހެނުންގެ އާދައެއް
އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި އަޅުގަނޑުމެންގެ އާދައެއްގެ ގޮތުގައި ކުރާ ބައެއް ކަންތަކަކީ އެކަމެއްގ ސަބަބުން އަޅުގަނޑުމެނަށް ގެއްލުން ލިބޭ ކަންތަކެވެ. އަދި މިފަދަ ކަންތަކާއި މެދު ފުންކޮށް ވިސްނާލުމުން މިއީ ހަޤީޤަތްކަންވެސް އެގެއެވެ. މިގޮތުން ފާހަގަ ކުރެވޭ އެއް ކަމަކީ އިށީދެ އިނުމުގައި އެއްފައި މައްޗަށް އަނެއްފައި ހުރަސްކޮށްގެން އިށީނދެ އިނުމެވެ. މި އާދަ ބޮޑަށް ހަރުލާފައި ހުންނަނީ ވިޔާފާރި އާއި ހިންގުމުގެ އިސް މަޤާމްތަކުގައި ތިބޭ އަންހެނުންގެއެވެ. މިސާލަކަށް ޕްރޮފެޝަނަލް ޕާރސަލް ސެކެޓްރީ އެއް ވިސްނުމަށް ގެންނަވާށެވެ. އިށީނދެ އިންނަނީ ކިހިނެއް ހެއްޔެވެ؟
ފައިގެ ކަކުލާއި ހަމައިން ދެފައި ހުރަސް ކުރުމުން ފައިގެ ނާރުތަކުގެ ލޭހިނގުމަށް ދަތިވެއެވެ. ފައިގެ ނާރުތަކުން ހިތަށް ލޭފޮނުވުން މަދުވުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ފައިގެ ނާރުތައް ދުޅަވުން އަދި ބައެއް ކުދިނާރުތައް ހަލާކުވުން ފަދަ ކަންކަން ހިމެނެއެވެ. ހާރޓް އެޓޭކް އާއި ބެހޭ ސްޕެޝަލިސްޓަކު ހާމަކުރި ގޮތުގައި އެންމެ ގިނަ މީހުންނަށް ހާރޓް އެޓޭކް ޖެހެނީ ދެފައި ހުރަސްކޮށްގެން އިށީނދެ އިންދައެވެ. އިށީނދެ އިނުމުގައި އެންމެ ރަގަޅުގޮތަކީ ރީތިކޮށް ތިރީގައި ދެފައިތިލަ ޖައްސާލައިގެން އިނުމެވެ. އަދި ބޭނުން ނަމަ ތިރި ގޮނޑިއެއް ނުވަތަ ފޮށިގަނޑެއްގައި ވެސް ފައިތިލަ ޖައްސައިގެން އިނދެވިދާނެއެވެ
ފައިގެ ސިއްހަތު ރަގަޅަށް ބެހެއްޓުމަށްޓަކައި ލުއި ކަސްރަތެއްގެ ގޮތުގައި ހިނގާށެވެ. ކޮންމެ ދުވަހަކު އާދައިގެ ސްޕީޑެއްގައި ވިހި މިނިޓް ހިނގާނަމަ ފައިގެ ނާރުތަކުގައި ލޭހިނގުމުގެ މައްސަލަ ވަރަށް ބޮޑުތަން ރަގަޅުވާނެއެވެ. ހަފްތާއަކު އެއްފަހަރު ތިމާގެ ބައިވެރިޔާ ލައްވާ ނުވަތަ އެހެން ގާތް މީހަކު ލައްވާ ފައިތިލަ މަސާޖްކޮށްލާށެވެ. މުޅިހަށިގަނޑުގެ ބަރު ހިފަހައްޓާ ފައިގެ ނާރުތަކާއި ފައިތިލައިގެ މަސްތަކަށް ކަސްރަތު ލިބޭނެއެވެ.
No comments:
Post a Comment